navLogo

ރ. ދުވާފަރު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، ޢަމަލީ މަސައްކަތް ފަށައިފި

ރ. ދުވާފަރު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، ޢަމަލީ މަސައްކަތް ފަށައިފި
ރައީސް އޮފީސް
މަރިޔަމް

ރ. ދުވާފަރުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން، ރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް ފަސޭހައިން ލިބިގެންދާނެއެވެ.

މި މަސައްކަތް ރަސްމީކޮށް ފަށްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން، މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދުވާފަރަށް ކުރެއްވި ޒިޔާރަތުގައެވެ. މި ދަތުރުފުޅަކީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ދުވާފަރަށް ކުރެއްވި ފުރަތަމަ ރަސްމީ ޒިޔާރަތެވެ.

ދުވާފަރު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތެއް މިއަދު އެރަށުގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި މަޝްރޫޢު ހިންގުމަށް ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިންގ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

Rate this article

Leave a Comment

Comments (0)